Miee Khaleela Zabeekhee Ujaala Handhaan - Holhudhoo Abdulla | Dhivehi Madhaha |
Автор: Thaahim
Загружено: 2024-03-23
Просмотров: 19979
މީ ޚަލީލާއި ޛަބީޙީ އުޖާލާ ހަނދާން
-----------------------
ކިޔަފައިވަނީ:ޢަބަދުالله ޙަސަން (ހޮޅުދޫ ޢަބްދުالله)
މީ ޚަލީލާއި ޛަބީޙީ އުޖާލާ ހަނދާން
ވީމި އާބާދު މައްކާގެ އަބަދީ ނިޝާން
އެންމެ ފުރަތަމަ އެއީތޯއެ ހަރުހިލަތަކެއް
ފެންނަ ބިމެކޭ ވަށާ ވީއެ ފަރުބަދަތަކެއް
ވަޒަނަކަށް ހިއްޕެވީ މީއެ މަތިވެރި ހަނދާން
އައިކަމުން މާތް ވަޙީޚާއްޞަވެވިގެން ނިދާ
ދަރިކަލުން ހާޖަރާ ދޫކުރައްވާ އެތާ
އަމުރުފުޅަކަށް މުޤައްދަޞް ނުކުންނެވި ހަނދާން
ބާއްޖަވެރިކަން ދެމައިކަނބަލުންނަށް ޢާންމުވާ
ޚާއްޞަ ކަންތައް ލެއްވުމަށް ނަޞްލުގައި
އެދިވަޑައިގެން ދުޢާފުޅުކުރެއްވެވި ހަނދާން
ދަރިކަލުންނާ މެދަށް ފިކުރުފުޅު ބޮޑުވުމުން
ދުވެވަޑައިގެންނެވީ ހާޖަރޭ ބިރުފުޅުން
ދެމެދު މަރްވާ ޞަފާއާއި ހިންގެވި ހަނދާން
އިވުނު އަޑުފުޅު ހިނދުން ދެން ވަޑައިގެންނެވީ
ފެން އަރާތީ ބިމުން ދެކެވަޑައިގެންނެވީ
ލިބިވަޑައިގެންވި ޒަމްޒަމްގެ ރޯއްޖާ ހަނދާން
ރޯދި ބަރަކާތް އިތުރު ބިންމަތީ ވާން ފެށީ
ކޯދުލާ ނިޢުމަތުގެ އަސަރު ގެންނަން ފެށީ
ޙަރަމުގައި އޭގެ އަހުލުންގެ ނުފިލާ ހަނދާން
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: