Eyhithaa | Dhivehi Madhaha | Lyrics | By: Shalabee Ibrahim
Автор: Islamic Deen✨
Загружено: 2021-09-07
Просмотров: 4636
Eyhithaa Madhaha by Shalabee Ibrahim
Lyrics
އޭހިތާ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
ކަށައިތުރު ރައްބީގެ ޒިކުރާ ހަނދުމައިން
މުޅި ހަޔާތައް ހާދަ ފުން އުފަލެއް ދެނީ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
އުސް ބޮޑެތި ފަރުބަދަތަކުން ސޮއްސާލުމާ
ޖައްވުގާ އުދުހޭން ދެ އަތް ފަތުރާލުމާ
ކަނޑު އަޑީ ފީނަން ކަނޑައް ފުންމާލުމާ
ހިދުކޮޅެއް ނުވެ ހާސް ވެގެން ނޭވާލުމާ
ކޮންކަަހަލަ ދަރުސެއްހެ މިކަމުން ލިބިދެނީ
މަރު ވަޝައިގެން ވާކަމޭ އަންގައިދެނީ
އޭގެ ބިރުގާ ސިހުނު ސިހުމެއް ބުނެދެނީ
ކަށަ އިތުރު ރައްބީގެ ޒިކުރާ ހަނދުމައިން
މުޅި ހަޔާތައް ހާދަ ފުން އުފަލެއް ދެނީ
ކުލަ ބޮކީގާ ހުންނަ ފަރި ނިވި ދިއްލުމާަ
ފުނަ ޖަހާއިރު އޭގެ ހަމަޔައް ލެގިލުމާ
ކުލަ މަޖަލުގާ ސާބަހާ ހެލިފެލިވުމާ
ބަލި އެދެއްގާ ދާދި އަވަހައް ރޮއެލުމާ
ކޮންކަހަލަ ފަހުމެއްހެ މިކަމުން ލިބިދެނީ
އުނިކަމާ ދުނިޔޭގެ ވަހުމޭ ފެނިދަނީ
އޭގެ ރިހުމެއް ދެއްކި ކުޅިވަރަކައް ވަނީ
ކަށަ އިތުރު ރައްބީގެ ޒިކުރާ ހަނދުމައިން
މުޅި ހަޔާތައް ހާދަ ފުން އުފަލެއް ދެނީ
ވައި ކަފާ ދުއްވާ އަމިއްލަ އުޅަނދު ފަހަރް
މެދު އުޑައް އުފުލާ ފިހާރަތަކާ ގެދޮރު
އިތުރު ވީވީހެންވަނީ ގިނައޭ ފިކުރް
ނުކުރަނީހޭ ބުއްދިއެއް މިކަމައް އިތުރް
ކޮންކަހަލަ ނަފުސެއްހެ ހަށިގަނޑުގާ ވަނީ
ހިޔަނިތައް ފަހަތުންހެ ދުވެ ވަރުބަލިވަނީ
އޭގެ ވޭނޭ ދާއިމައް ތިޔަ އުފުލަނީ
ކަށަ އިތުރު ރައްބީގެ ޒިކުރާ ހަނދުމައިން
މުޅި ހަޔާތައް ހާދަ ފުން އުފަލެއް ދެނީ
ބަދަލު ކޮއްފީމޭ ހިތާއި ނަފުސާ ޒަމީމް
އަދަދުތައް ހެޔޮކަމުގެ ބެލިއަރު މާފަކީ
މަޖަލަކައް ނުހަދާނަމޭ އުމުރުގެ ހަވީރް
މަދަދަކީ ޝުކުރާ ޒިކުރު ކުރުމޭ މިހާރް
ކޮންކަހަލަ އުފަލެއްހެ މިކަމުން ލިބިދެނީ
ދެދުނިޔޭގެ ސަލާމަތޭ އިހުސާސްވަނީ
އޭގެ އިތުބާރޭ ހިތައް ފިނިކަން ދެނީ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
ކަށަ އިތުރު ރައްބީގެ ޒިކުރާ ހަނދުމައިން
މުޅި ހަޔާތައް ހާދަ ފުން އުފަލެއް ދެނީ
އޭހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ
ނުތަނަވަސް ކަމުގާ މިނެއްނެތި ހާސްވަނީ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: